ބޭރުން އޮފިސަރ ކެންޑިޑޭޓް ތަމްރީނު ފުރިހަމަކުރެއްވި ސިފައިނުން ކަމިޝަން ކުރައްވައިފި

ރާއްޖެއިން ބޭރުން އޮފިސަރ ކެންޑިޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރައްވައިފިއެވެ. އެމްއެންޑީއެފް ހެޑްކްއޯޓަރޒް ބަންޑާރަކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކަމިޝަންކު...

16 Oct 2019 | 08:25

ރާއްޖެއިން ބޭރުން އޮފިސަރ ކެންޑިޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރައްވައިފިއެވެ.

އެމްއެންޑީއެފް ހެޑްކްއޯޓަރޒް ބަންޑާރަކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކަމިޝަންކުރެއްވި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އެވެ. އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެމްބަރުންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިން ކޮށްފައިވާ ހުވަޔާއި ޤައުމީ ޒިންމާ އަދާކުރުމުގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާގެ މަތިން ވަނީ ހަނދާން އައުކޮށްދެއްވާފައެވެ. ސިފައިންގެޤާބިލްކަން އިތުރުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރެއްވުމާއި ވެލްފެއަރގެ ކަންކަން ރަނގަޅުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމެރިކާ އަދި އެމެރިކާއިން، އޮފިސަރ ޓްރޭނިންގ ފުރިހަމަކުރެއްވި ހަ ސިފައިންނެވެ. އެ ސިފައިންގެ ތެރޭގައި ހިމެނެނީ އެމެރިކާގައި ހުންނަ ޔޫއެސް އާމީ އިންފެންޓްރީ ސްކޫލުން "އޮފިސަރ ކެންޑިޑޭޓް ސްކޫލު ޓްރޭނިންގ" ފުރިހަމަކުރެއްވި ލެފްޓިނަންޓް އިސްމާޢީލް އަޙްމަދު އަދި ލެފްޓިނަންޓް އިބްރާހީމް ޢަލީއެވެ. އަދި އިންޑިއާގެ ޗެންނާއީގައި ހުންނަ އޮފިސަރސް ޓްރޭނިންގ އެކަޑަމީން "ޝޯޓް ސަރވިސް ކަމިޝަން ކޯސް" ފުރިހަމަކުރެއްވި ލެފްޓިނަންޓް ޢަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ޠައްޔިބާ އިބްރާހީމާއި ލެފްޓިނަންޓް އަޙްމަދު ޝިޒާނު އަދި ލެފްޓިނަންޓް ނިޢުމާޢަބްދުއްރަޙްމާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް