އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވައިލި ގާސިމަށް އިސްލާމިކް ފައިނޭންސްގެ ޗެއާމަންކަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލް ކަރީމް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. އިސްލާމިކް ފައިނޭންސްގެ ޗެއާމަން ކ...

16 Oct 2019 | 07:33

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލް ކަރީމް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ.

އިސްލާމިކް ފައިނޭންސްގެ ޗެއާމަން ކަމަށް ގާސިމް މިއަދު އައްޔަނުކުރައްވާފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުންނެވެ.

އިސްލާމިކް ފައިނޭންސްގެ ޗެއާމަނަކަށް ގާސިމް އައްޔަންކޮށްފައިވާއިރު ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އިތުރު ދެ ކުންފުންޏަކަށްވެސް ޑިރެކްޓަރުން އައްޔަންކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރަކަށް މަރިޔަމް ރަޝީދު އައްޔަން ކޮށްފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރަކަށް ޖާދުﷲ ނާޒިމް ވަނީ މިއަދު އައްޔަން ކުރައްވާފައެވެ.

ގާސިމަކީ ސަރުކާރުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތާއި ގުޅޭ މައުލޫމާތުތައް ފަޅާއަރުވައިލި ފަރާތެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް، އެފައިސާ ދައުރުކުރި ގޮތުގެ ތަފްސީލް ގާސިމް ވަނީ އާންމުކޮށްފައެވެ. އެމައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި އެނާ ވަނީ 8 މަހާއި 12 ދުވަހަށް ޖަލަށް ލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް