ބިދޭސީއެއްގެ އަތުން ވޮލެޓެއް ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ބިދޭސީއެއްގެ ވޮލެޓެއް ފޭރުނު ދެ މީހަކު ރޭ 19:00 ހާއިރު ފުލުހުން ހައްޔަރުކުރި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެމީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގަލޮޅު ދަނޑު ކައިރިންނެވެ.
މަޖީދީމަގު އޮޑިއޮން ކައިރިން ބިދޭސީ މީހާގެ ވޮލެޓު ރޭ ފޭރިފައިވާއިރު، ވޮލެޓު ފުލުހުން ހޯދާފައި ވަނީ މުތީގޯޅި ކާނުގަނޑުގެ ތެރެއިންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ބަލައިފާސްކުރިއިރު، މަސްތުވާއެއްޗެއް ހުރި ރަބަރު ޕެކެޓެއް އޭނާގެ ޖީބުން ފެނިފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުޤީޤަށް އެދެމީހުން ދުއްވި ސައިކަލު ޓޯވ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް