އައްޑޫ ސިޓީ މީދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މީދޫ ބަނދަރު ހަދަން މިމަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި، މިހާތަނަށް ބަނދަރުގެ 10 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން މީދޫ ބަނދަރު ޑިޒައިންގެ މަސައްކަތްވެސް ކުރީ އެމްޓީސީސީންނެވެ.
މި ޕްރޮޖެކްޓަކީ އެއް އަހަރުދުވަހުގެ ތެރޭގައި ނިންމަންޖެހޭ ޕްރޮޖެކްޓެކެވެ. 35.43 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ ދަށުން މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެންނެވެ. ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް