ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝަހީދު މުހައްމަދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ފަރާތުންނެވެ. އެކަން ހާމަ ކޮށްދެއްވީ މިއަދުގެ މަޖިލިސް ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރިޔާސަތުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަހީދު ސީއެސްސީގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއިން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކުރައްވާ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައިވާ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
ޝަހީދު ވަކިކުރުމަށް މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
ޝަހީދުު ސީއެސްސީ އަށް އައްޔަނުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް