މެދު ރާއްޖެތެރޭގެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

މެދުރާއްޖެތެރޭގެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ. ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މި ސަރަހައްދަ...

16 Oct 2019 | 04:39

މެދުރާއްޖެތެރޭގެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން 11:00 އަށެވެ.

މި ސަރަހައްދަށް ވައިޓްއެލާޓް ނެރުނީ، އެ އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅަތަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް