ބޮލީވުޑްގެ ހިތްގައިމު ޖޯޑު، ދިޕިކާ ޕަދުކޮން އާއި ރަންވީރް ސިންގް އެކީގައި ޝޫޓިންގ އަށް ނުދަނީ ކީއްވެތޯ ކުރާ ސުވާލުތަކަށް ދިޕިކާ ޖަވާބު ދީފިއެވެ.
ކައިވެންޏަށްފަހު ދެމީހުންގެ ފުރަތަމަ ފިލްމުގެ ޝޫޓިންގ ފެށީފައިވާއިރު ދެމީހުން އަދިވެސް ޝޫޓިންގ އަށް ވަކިން ދަނީ އަމިއްލަ ވަގުތު ބޭނުންވާތީ ކަމުގައި ދިޕިކާ ބުންޏެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނީ، ދެމީހުންނަކީ ވެސް އަމިއްލަ ވަގުތު ބޭނުންވާ ދެމީހުން ކަމަށާއި، އަމިއްލަ ކަންކަން ޕްރޮފެޝަންގައި ކުރިއަށް ނުޖައްސާނެ ކަމުގައެވެ. އެހެންކަމުން ދެމީހުން އެކީ ޝޫޓިންގ އަށް ގޮސް އަދި ޝޫޓިންގ ތެރޭގައި ވެސް އެކީގައި އުޅުން މުހިންމު ނޫން ކަމަށެވެ.
އަދި ޝޫޓިންގ ގައި އުޅޭ އުޅުމުގައި ރަންވީރަކީ ފިރިމީހާ ކަމުގައި ނުދެކޭކަމަށާއި، ދެކެނީ ހަމަ ކޯސްޓާރެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ރަންވީރާއި ދިޕިކާ މިހާރު ފަށާފައި ވަނީ އެމީހުންގެ ކައިވެނީގެ ފަހުން ފުރަތަމަ ފިލްމު ނަމަވެސް ދެމީހުން އެކީގައި ފެނިގެންދާނެ ހަތަރުވަނަ ފިލްމް "83" ގެ ޝޫޓިންގ އެވެ. ކައިވެނީގެ ކުރިން ދެތަރިން ވަނީ ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް