ރައީސް މައުމޫނަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސް ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމިކަން، ޒައިދުލްއަމީން އިއުލާނު ކޮށްފި އެވެ.
އޭނާ މިކަން އިއުލާނު ކޮށްފައިވަނީ ދެންމެ ކުރި އެފްބީ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ޒައިދު ބުނެފައިވަނީ ސިޔާސީ މައިދާނުގައި 2008 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރަމުންއައި ތާއީދު އަނބުރާ ގެންދާ ކަމަށެވެ.
"އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ އަޅުގަނޑު ހިމެނޭގޮތަށް މަސައްކަތް ކޮށްގެން ގެނައި ސަރުކާރު، މި ސަރުކާރު ދަމަހައްޓާ ރައީސް ޔާމީން ގެންނަވަމުންގެންދާ ތަރައްގީއާއެކު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގަވެސް ރައީސް ޔާމީން ހޮވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރަން ނިންމައިފިން" ޒައިދުގެ ޕޯސްޓްގައި ވެ އެވެ.
ޒައިދު އޭނާގެ ޕޯސްޓް ނިންމާލާފައިވަނީ ރައީސް ޔާމީން 2018 ހޭޝްޓެގާއި އެކުގަ އެވެ. އެއާއެކު ބުނެފައިވަނީ ރައްޔިތުން ތިބީ ތަރައްގީއާއި އެކު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް