އަލަށް ތައާރަފު ކުރި ޕާސްޕޯޓް ކާޑު ހަދަން ނަގާނީ 450 ރުފިޔާގެ ފީއެއް ކަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
މިދިޔަ ހަފްތާގައި އަލަށް ތައާރަފްކުރި ކާޑާއި ބެހޭގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ މި ކާޑު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހަދައިދޭން ފަށާނެ ކަމަށެވެ. އަދި މި ކާޑު ހަދައިދޭނީ ފަހުގެ ޕާސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް ކަމުގައިވެސް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.
މި ޕާސްޕޯޓް ކާޑަކީ މި ދިޔަ ހަފްތާގައި އިމިގްރޭޝަނުން ތައާރަފް ކުރި މަލްޓި ޕާޕަސް ކާޑެކެވެ. މި ކާޑު ލައިސަންސް ކާޑުގެ ގޮތުގައްޔާއި، ކޭޝް ކާޑުގެ ގޮތުގައްޔާއި އައިޑީ ކާޑުގެ ގޮތުގައި އަދި އިންސުއަރެންސް ކާޑުގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް