މިލަންދޫ އަންހެން ބެލެނިވެރިންނަށް ފުލުހުން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ށ.މިލަންދޫ ޕޮލިސް ސްޓޭޝަނާއި މިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެރަށުގެ ސްކުލޫގެ އަންހެން ބެލެނިންވެރިންނަށް ޙާއްސަކޮށްގެން ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ. ފުލުހުން ބ...

16 Oct 2017 | 08:05

ށ.މިލަންދޫ ޕޮލިސް ސްޓޭޝަނާއި މިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެރަށުގެ ސްކުލޫގެ އަންހެން ބެލެނިންވެރިންނަށް ޙާއްސަކޮށްގެން ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މިއޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ކަސްރަތު ޕްރޮގްރާމް ފެށުމުގެ ގޮތުން ށ.މިލަންދޫ ކައުންސިލް އިދާރާގެ ހޯލުގައި ބެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކަސްރަތު ޕްރޮގުރާމްގެ ލޯގޯ އިފްތިތާޙް ކޮށްދެއްވީ ށ.މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ޙަސަން އާއި ށ.މިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ޕޮލިސް ސްޓާފް ސަރޖަންޓް މުޙައްމަދު ހަލީމް ކަމަށެވެ.

"ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއް ދިރިއުޅުމަށް ކަސްރަތުގެ މުހިއްމުކަމާއި އިޖުތިމާއީ ގުޅުމާއި ރައްޔިތުންނާއި ފުލުހުން ދެމެދު އޮންނަ ގުޅުން މިހާރަވުރެ ރަނގަޅުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދިނުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ އާއި ކަސްރަތުގެ މުހިންމުކަމާއި މޫދު ކަސްރަތުތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި ޕްރޮގްރާމުގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ދަރިން ރަނގަޅުގޮތުގައި ދަރުބިއްޔަތު ކުރާނެ ގޮތްތަކާއި ރުޅި ކޮންޓްރޯލް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ." ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންގެ ތެރެއިން 57 ބެލެނިވެރިޔަކު ބައިވެރިވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް