ފަރަށް އުރުނު ތެޔޮ ބޯޓު ފުންކޮށްފި

ޕެޓްރޯލު ހިފައިގެން ދަތުރުކުރަމުންދަނިކޮށް ފަރަކަށް އުރުނު، އެސްޓީއޯގެ "ގުރާބު" ނަމަކަށްކިޔާ ތެޔޮ ބޯޓު ފުންކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ މި ތެޔޮ ބޯޓު ފުންކޮށްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ...

16 Oct 2017 | 07:59

ޕެޓްރޯލު ހިފައިގެން ދަތުރުކުރަމުންދަނިކޮށް ފަރަކަށް އުރުނު، އެސްޓީއޯގެ "ގުރާބު" ނަމަކަށްކިޔާ ތެޔޮ ބޯޓު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ތެޔޮ ބޯޓު ފުންކޮށްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން އަދި ކޯސްޓްގާޑު ޑައިވަރުންގެ އެހީތެރިކަމާއެކު މިފްކޯގެ "ކަލަމިންޖާ 403" ބޯޓުގައި ކަފު ޖަހައިގެން ކަމަށެވެ.

މި ބޯޓު ފުންކޮށްފައިވަނީ މިއަދު މެންދުރު 12:20 ގައި ކަމަށާއި ބޯޓަށް ގެއްލުމެއް ލިބިފައިވޭތޯ ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ބަލަމުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ހާމަކުރި ގޮތުގައި 12 މީހުންނާއެކު ށ މިލަންދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި އެ ތެޔޮ ބޯޓު ފަރަކަށް އުރުނީ މިއަދު ހެނދުނު 06:15 ހާއިރުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް