އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓިއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނެފައިވަނީ ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު ގިނަ އަދަ...

16 Oct 2017 | 05:29

ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓިއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި 15 އޮކްޓޯބަރު 2017 ގައި ސ.ގަން ކަސްޓަމްސް އިން އަތުލައިފި ކަމަށެވެ.

"ޕޯސްޓުގެ މަގުން ނެދަލޭންޑްސް އިން ރާއްޖެއަށް އައި ޕާރުސަލެއް އޭގެ ވެރިފަރާތުގެ ހހާޒިރުގައި ކަސްޓަމްސް އިން ކެނޑިއިރު މަސސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ގުޅަތަކެއް ފެނިގެން، އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ހިމެނެނީ ތަފާތު ފަސް ޑިޒައިނަކަށް ހުރި 503.5  ގުޅަ އެވެ. މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 244.60 ގުރާމު ހުއްޓެވެ." ކަސްޓަމްސް އިން ބުނެފައި ވެ އެވެ.

ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ މި އަތުލައިގަތް ބާވަތުގެ މަސްތުވާތަކެއްޗަކީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ބެލެވޭ ކަމަށާއި މި މައްސަލައިގާ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ޕާރުސަލުގެ ވެރިފަރާތް، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޕޮލިސް ސާވިސް އާއި ވަނީ ހަވާލު ކުރެވިފައި ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް