ދެކުނު ކޮރެއާއެކު ސުލްހައިގެ މަޝްވަރާތައް ކުރާކަށް ބޭނުމެއް ނޫން – އުތުރު ކޮރެއާ

ދެކުނު ކޮރެއާއާއެކު ސުލްހައިގެ ސީދާ މަަޝްވަރާތައް ކުރަން ބޭނުން ނުވާކަމަށް އުތުރު ކޮރެއާގެ އިސް އޮފިޝަލަކު ބުނެފިއެވެ. ރަޝިޔާގައި ބާއްވާ ރަސްމީ ހަރަކާތެއްގައި ބައިވެރިވުމަށް ރަޝިޔާގައިި މިވަގުތު ހަރަކ...

16 Oct 2017 | 04:04

ދެކުނު ކޮރެއާއާއެކު ސުލްހައިގެ ސީދާ މަަޝްވަރާތައް ކުރަން ބޭނުން ނުވާކަމަށް އުތުރު ކޮރެއާގެ އިސް އޮފިޝަލަކު ބުނެފިއެވެ.

ރަޝިޔާގައި ބާއްވާ ރަސްމީ ހަރަކާތެއްގައި ބައިވެރިވުމަށް ރަޝިޔާގައިި މިވަގުތު ހަރަކާތްތެރިވަމުންދާ މި އޮފިސިއަލު ބުނެފައިވަނީ އެމެރިކާއާއި ގުޅިގެން ދެކުނު ކޮރެއާއިން ހިންގަމުން ދާ އަޝްކަރީ ތަމްރީނުތަކުގެ ސަބަބުން ވާހަކަތަކަށް ތަންނުދޭކަމަށެވެ.

އެހެން ނަމަވެސް ރަޝިޔާއިން އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާއި ބެހޭގޮތުން އުތުރު އަދި ދެކުނު ކޮރެއާއާއި އެކު ވަކިވަކިން މަޝްވަރާކުރާނެ ކަމަށް ރަޝިޔާގެ މަޖިިލިސް މެންބަރެއް ވަނީ ބުނެފައެވެ.

ކޮރެއާގެ މަޝްރަހު ފިނިކޮށް ސުލްހައިގެ މޭޒަށް އުތުރު ކޮރެއާ އަދި ދެކުނު ކޮރެއާ ގެނައުމުގެ މަސައްކަތް ރަޝިޔާ އަދި ޗައިނާއިން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް އެމެރިކާގެ ރައީސް ބުނެފައިވަނީ އުތުރު ކޮރެއާއެކު މަޝްވަރާކުރުމުގެ ބޭނުމެއް ނެތްކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް