ލޯބިވެރިޔާ ދޯކާ ދިނުމުން ލޯބިވެރިޔާގެ އަގުބޮޑު ކާރު ފަތާ ފެންގަނޑަށް ވައްޓާލައިފި

އެމެރިކާގެ މަހުޖަނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އަންހެނަކު ދޫކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ މަހުޖަނުގެ ކާރު ފަތާ ފެންގަނޑަކަށް ވައްޓާލައިފި އެވެ. މިކަން ކުރީ އެ އަންހެން މީހާ އެވެ. އު...

16 Oct 2017 | 03:43

އެމެރިކާގެ މަހުޖަނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އަންހެނަކު ދޫކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ މަހުޖަނުގެ ކާރު ފަތާ ފެންގަނޑަކަށް ވައްޓާލައިފި އެވެ. މިކަން ކުރީ އެ އަންހެން މީހާ އެވެ.

އުމުރުން 41 އަހަރުގެ ގައި ޖެންޓައިލް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު، ރަޝިޔާގެ އަންހެނެއް ކަމުގައިވާ ކްރިސްޓީނާ ކުޗްމާ ދޫކޮށްލީ، ކުޗްމާ އަމިއްލަ ވިޔަފާރިއެއް ފަށަން ފަންސާސް ހާސް ޑޮލަރު ދޭން ބުނުމުންނެވެ.

"އަހަރެން ބުނިން މިއީ ތި ހީކުރާ ކަހަލަ ފިރިހެނެއް ނޫނޭ، ހަމަ ސަބަބެއް ނެތި ފައިސާތަކެއް ދޭނެ ފިރިހެނެއް ނޫނޭ" ޖެންޓައިލް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވެ އެވެ.

އޭނާ ބުނީ ކުޗްމާ އަށް މިހާރުވެސް ގޫޗީ ދަބަހަކާއި އެންމެ ފަހުގެ އައިފޯނަކާއި ބީސްޓް ބްރޭންޑްގެ ހެޑްފޯނެއްވެސް ގަނެދީފައިވާނެ ކަމަށެވެ.

ޖެންޓައިލް ބުނެފައިވަނީ ކާރު ފަތާފެންގަނޑަށް ވައްޓާލިކަން އެނގުނީ އެ އަންހެންމީހާ ކުރި މެސެޖަކުން ކަމަށެވެ. އެ މެސެޖުގައި ކުޗްމާއަށް ވިޔަފާރިއެއް ފަށައިދޭން އެއްބަސްވިކަމަށްބުނެ އެއްޗެހި ކިޔާފައިވާކަމަށާއި ރަނގަޅު ހަދިޔާއެއް ފަތާ ފެންގަނޑުގެ ތެރޭގައި އޮންނާނެ ކަމަށް ބުނެފައިވާކަމަށް ޖެންޓައިލް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް