ވިއެޓްނާމަށް މިދިޔަ އަންގާރަ ދުވަހު އެރި ތޫފާން "ކަނޫން"ގައި މިހާތަނަށް 68 މީހަކު މަރުވެ 34 މީހަކު ގެއްލިފައިވާކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އެގައުމުގެ ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި މި ތޫފާނުގައި އިތުރު 32 މީހަކު ޒަހަމްވެފައިވާއިރު 23000 ދަނޑު ޖަނަވާރު މަރުވެފައިވެއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަވަށް ކަމުގައިވާ ހޯ ބިންހް ގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 20 މީހަކު މަރުވެ އަށް މީހަކު ވަނީ ގެއްލިފައެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި 300 ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުން ދާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެެއެވެ.
ވިއެޓްނާމް އަށް އަރާފައިވާ ތޫފާނުގެ ބާރު ދަށްވަމުން ދިޔަ ނަމަވެސް މި ތޫފާނުގެ އަސަރު އެގައުމުގެ މެދުތެރެއަށް ފޯރާނެކަމަށް މޫސުން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް