ފިޒީ ބުއިމެއް އިސްތިހާރު ކުރުމަށް ލިބުނު ބޮޑު ފުރުސަތަކަށް ނުނެކޭބުނެ، ބޮލީވުޑް ބަތަލާ ބިޕާސާ ބާސޫ ފިޒީ ބުއިންތައް އިސްތިހާރު ކުރުމަށް ނޫނެކޭ ބުނެފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިޕާސާ މިކަމަށް ނޫނެކޭ ބުނީ އޭނާއަކީ އިންޑިއާގެ ފިޓްނަސް އެމްބެސެޑަރަކަށް ވާތީ އެވެ. އަދި މިއަށްފަހު އެފަދަ އެއްވެސް އުފެއްދުމެއް ޕްރޮމޯޓް ކުރުމަށް ބިޕާސާ ދެކޮޅުހަދާ ކަމަށްވެސް ބުނެފައި ވެ އެވެ.
ބިޕާސާ ބާސޫ އަކީ 2001 ވަނަ އަހަރުން ފެށިގެން ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެކެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި "އެލޯން" އެވެ. އެއަށްފަހު ފިލްމެއް ކުޅެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް