ސޯމާލިޔާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް

މިދިޔަ ހޮނިހިރު ދުވަހު ސޯމާލިޔާގެ ބާރުބޮޑު ސަރަހައްދެއްގައި ބޮޑު ލޮރީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 150 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 275 އަށްވުރެ މައ...

15 Oct 2017 | 21:48

މިދިޔަ ހޮނިހިރު ދުވަހު ސޯމާލިޔާގެ ބާރުބޮޑު ސަރަހައްދެއްގައި ބޮޑު ލޮރީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 150 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 275 އަށްވުރެ މައްޗަށް ގޮސްފި އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވި ނަމަވެސް ސޯމާލިޔާގެ ސަރުކާރުން ތުހުމަތު ކުރަނީ މި ހަމަލާއަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބް ޖަމާއަތުގެ ހަމަލާއެއް ކަމަށެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ކާރުބާރުބޮޑު، ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ ސަރަހައްދަކަށް ކަމުގައިވާއިރު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ.

ސޯމާލިޔާގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދު ވިދާޅުވެފައިވަނީ މި ހަމަލާއަކީ ސޯމާލިޔާގެ ހަޔާތުގައިވެސް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ. މި ހަމަލާއާއި ގުޅިގެން އެ ގައުމު ތިން ދުވަސް ވަންދެން ހިތާމަފާޅުކުރާނެކަން ސޯމާލިޔާގެ ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ފަރާތްތަކަށް އިންތިހާއަށް ލޭ ބޭނުންވާތީ ރައްޔިތުން އެކަމަށް އިޖާބަ ދިނުމަށްވެސް ސޯމާލިޔާގެ ރައީސް އެދިލައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް