އަހަރެންގެ ފިރިމީހާ ގޮވައިގެން އަހަރެންގެ މަންމަ ފިލައިފި !

އިނދެގެން އުޅުނު ފިރިމީހާ ގޮވައިގެން މަންމަ ފިލައިފި ކަމަށް ތައިވާނުގެ ފިލްމީ ބަތަލާއަކު ބުނެފިއެވެ. ޖިއާން ޕިންގ ނަމަކަށް ކިޔާ މި ބަތަލާ މިކަން އިއުލާނުކުރީ ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ...

16 Sep 2019 | 11:57

އިނދެގެން އުޅުނު ފިރިމީހާ ގޮވައިގެން މަންމަ ފިލައިފި ކަމަށް ތައިވާނުގެ ފިލްމީ ބަތަލާއަކު ބުނެފިއެވެ.

ޖިއާން ޕިންގ ނަމަކަށް ކިޔާ މި ބަތަލާ މިކަން އިއުލާނުކުރީ ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނެފައިވަނީ ކައިވެންޏަށް އަހަރެއް ވީ ފަހުން ފިރިމީހާއާއިމެދު ޝައްކު ތަކެއް އުފެދޭތީ ރަމަލު ޖަހާ މީހަކު ހޯދައިގެން ފާލަ ބެލި ކަމަށާއި ފިރިމީހާ އެހެން ގުޅުމެއް ހިންގާކަން އެހިސާބުން އެނގިގެން ދިޔަ ކަމަށެވެ.

ފަހުން މަންމައާއި ފިރިމީހާ އެއް ދުވަހެއްގައި ގެއްލުނު ކަމަށާއި ފިރިމީހާގެ ފަރާތުން ޖަވާބެއް ލިބުނީ އެތައް ދުވަހެއް ފަހުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޖިއާންގެ ފިރިމީހާ ޖިއާން އަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މައިދައިތަ އާއެކު އޭނާ ނުފިލިނަމަ ކޮންމެވެސް އެހެން މީހަކާއެކުގައި ނަމަވެސް މައިދައިތަ ފިލާނެ ކަމަށެވެ.

ޖިއާން ބުނެފައިވާގޮތުގައި އެކަމަށް މިހާރު ހަތް އަހަރު ވެފައިވާއިރު އޭނާގެ ފިރިމީހާ އަދި މަންމަގެ މަތިންވެސް ހަނދާން ނައްތާލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް