މިސްރުގައި ތިބި ރާއްޖޭގެ ކިޔަވާ ކުދިންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި

މިސްރުގައި ކިޔަވަމުން އަންނަ ރާއްޖޭގެ ކިޔަވާ ކުދިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ އެކުދިނ...

16 Sep 2019 | 10:31

މިސްރުގައި ކިޔަވަމުން އަންނަ ރާއްޖޭގެ ކިޔަވާ ކުދިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ އެކުދިންނަށް އެ ޤައުމުން ދިމާވާ ގޮންޖެހުންތަކާއި، ދަތިތައް އޮޅުންފިލުވާފައެވެ. ނަމަވެސް އެ ކުދިން ހުށައަޅާފައިވަނީ ކޮންކަހަލަ ދަތިތަކެއް ކަމެއް ސާފެއްނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަން، ކަމާ ބެހޭ އިދާރާތަކަށް ހިއްސާކޮށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅަކީ އެގައުމުގެ ޤާހިރާގައި ކުރިއަށްދާ 30 ވަނަ "ޖެނަރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސްޕްރީމް ކައުންސިލް ފޯ އިސްލާމިކް އެފެއާޒް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް