ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ އަމީން އާއި ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރު އަމީން ވަނީ އެ އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ.
https://twitter.com/MoHmv/status/1173488691278430208
މި އެއްބަސްވުމުގެ ދަށުން ކެންސަރު ބަލީގެ ޙިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި އިންޑީއާގެ ކެންސާ ސެންޓަރުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާއިން މީހުން ބިނާ ކުރުމުގައި ސިއްޙީ ޙިދުމަތްތެރިން ވެސް ތަމްރީން ކުރެވިގެންދާނެއެވެ.
އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި، ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި ބަލައިގަނެފައިވާ ސެންޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް