ސައުދީގެ ތެޔޮ ފެކްޓްރީތަކަށް ދިން ހަމަލާގެ ސަބަބުން ތެލުގެ އަގު އުފުލިއްޖެ

ސައުދި އަރަބިއްޔާގެ އިރުމަތީގައި އޮންނަ ބަގީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެޔޮ އުފައްދާ ދެ ކާރުޚާނާއަށް ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ. މި ހަމަލާގެ ...

16 Sep 2019 | 09:22

ސައުދި އަރަބިއްޔާގެ އިރުމަތީގައި އޮންނަ ބަގީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެޔޮ އުފައްދާ ދެ ކާރުޚާނާއަށް ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.

މި ހަމަލާގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 15 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދުގެ މިންވަރަކުން އުފުލި، ފީފާއެއްގެ އަގު 71.95 ޑޮލަރަށް ވަނީ އަރާފައެވެ.

މިއީ މިފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާގައި 10 ޑްރޯން ހަމަލާ ވަނީ ދީފައެވެ.

ސައުދީ އަކީ އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ގައުމަށްވާއިރު، އެ ގައުމުން ދުވާލަކު ހަތް މިލިއަން ފީފާ ތެޔޮ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ހަމަލާއާއެކު އެ އަދަދު 5.7 މިލިއަން ފީފާއަށް ވެއްޓޭނެކަމަށް ސަޢުދީގެ ތެޔޮ ކުންފުނި އަރަމްކޯއިން ވަނީ ބުނެފައެވެ. އަދި ކުރިއެކޭ އެއްވަރަށް ތެޔޮ އުފެއްދުމަށް އިތުރު ދުވަސް ނަގާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް