ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޭ ސަރަހައްދުތައް އިއުލާނުކޮށްފި

ހުޅުމާޅޭގައި 24 ގަޑިއިރު ވިޔަފާރުކުރުމަށް ހުއްދަދޭނެ ސަރަހައްދުތައް ކަނޑައަޅައި އެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނ...

16 Sep 2019 | 08:25

ހުޅުމާޅޭގައި 24 ގަޑިއިރު ވިޔަފާރުކުރުމަށް ހުއްދަދޭނެ ސަރަހައްދުތައް ކަނޑައަޅައި އެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޭން ނިންމާފައި ވަނީ ނިރޮޅުމަގާއި، ހުވަނދުމާ ހިނގުމުގެ އިތުރުން ފަށުއިމާ ހިނގުމުގައިވާ ދެ ހަޓް ކަމަށެވެ. މި ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޫކުރާނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ކަމަށް ވެސް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޫކުރަން ނިންމާފައިވާއިރު، މާލޭގެ 26 ތަނަކަށް 24 ގަޑިއިރު ވިޔަފާރި ކުރަން ވަނީ ހުއްދަ ދީފައެވެ. މާލޭގައި ހުއްދަ ދީފައިވަނީ 17 ކެފޭ ރެސްޓޯރެންޓާއި، 9 ފިހާރައަކަށެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބައެއް ވިޔަފާރިތަކަށް ހުއްދަ ދީފައި ވެއެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާތަނަށް ތިން ތަނަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ފުވައްމުލަކު ސިޓީން ވެސް 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް