ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކައުންސިލްތަކުންވެސް ޒިންމާ ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ހިތުގެ އަޑިން އެންމެން އެއްބާރުލުން ދީ، އެ މަސައްކަތަކީ ކައުންސިލްތަކުގެ ވެސް ޒިންމާއެއްގެ ގޮތުގައި ހެދުމަށެވެ. އަދި އަތޮޅުތަކުގައި އުޅޭ ބިދޭސީންގެ ދަފްތަރު ބަލަހައްޓައި، ވިސާ ފީ ނެގުމަކީ ވެސް ކައުންސިލްތަކުގެ ޒިންމާއަކަށް ހެދުމަށް މޫސަ ވަނީ ގޮވާލައްވައިފައެވެ.
މީގެއިތުރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް ވެސް މޫސަ ވަނީ ގޮވާލައްވާފައެވެ.
https://twitter.com/ReekoMoosa/status/1173434581334163459
މޫސަ މިހެން ވިދާޅުވިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީން ވަރަށް ގިނައެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް މިހާރު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ. އަދިވެސް މިފަދަ ބައިވަރު ބިދޭސީން ރާއްޖޭގައި އުޅޭކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް