ސުޕްރީމް ކޯޓުގައި މިއަދު ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން މައްސަލަ ބައްލަވަނީ

ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ޝަރީއަތެއް ބެއްލެވުމުގައި އަންހެން ފަނޑިޔާރުން މިއަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކޮށްފ...

16 Sep 2019 | 05:48

ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ޝަރީއަތެއް ބެއްލެވުމުގައި އަންހެން ފަނޑިޔާރުން މިއަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކޮށްފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓަށް އައްޔަނުކޮށްފައި ވަނީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ބައްލަވާ ފުރަތަމަ ޝަރީއަތް މިއަދު 10:00 އަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލަ އަކީ ވަޒީފާއާބެހޭ މައްސަލައެއްގައި އަމިއްލަ ފަރާތަކުން ދައުލަތާ ދެކޮޅަށް އުފުލާފައިވާ މައްސަލައެކެވެ.

ފަނޑިޔާރު ޝުޖޫން ބައްލަވާ ފުރަތަމަ މައްސަލަ އަކީ ޙަޟާނާތުގެ މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މިއަދު 13:00 އަށެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ގެނައި އިސްލާހާއެކު އެ ދެބޭކަނބަލުން ސުޕްރީމު ކޯޓަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އެދެ ބޭކަނބަލުންނަށް މަޖިލީހުން މިމަހުގެ ތިންވަނަ ދުވަހު ރުހުން ދީފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް