ސްޕޮންޖް ބޮބް ދެއްކި ޓީވީ ޗެނަލަކަށް އިންޑޮނޭޝިޔާގެ ބްރޯޑްކޮމް އިން އިންޒާރު ދީފި

އިންޑޮނޭޝިޔާގެ ޓީވީ ޗެނަލެއް ކަމުގައިވާ ޖީޓީވީން ސްޕޮންޖް ބޮބް ކާޓޫން ދެއްކުމުން އެ ޓީވީ ސްޓޭޝަނަށް، އެ ގައުމުގެ ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދީފިއެވެ. ރިޕޯޓްކޮށްފައިވާގޮތުގައި އެ އިންޒާރު ދީފައ...

16 Sep 2019 | 04:09

އިންޑޮނޭޝިޔާގެ ޓީވީ ޗެނަލެއް ކަމުގައިވާ ޖީޓީވީން ސްޕޮންޖް ބޮބް ކާޓޫން ދެއްކުމުން އެ ޓީވީ ސްޓޭޝަނަށް، އެ ގައުމުގެ ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދީފިއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އެ އިންޒާރު ދީފައިވަނީ އެ ޓީވީން ދެއްކި ސްޕޮންޖްބޮބް ކާޓޫންގައި އަނިޔާކުރާ މަންޒަރު އެކުލެވޭތީއެވެ. އެގޮތުން ސްޕޮންޖްބޮބް މޫނުމަތީގައި ބޯޑަކުން ޖަހާ މަންޒަރާއި، ބޯލިން ބޯޅައެއް ބމައްޗަށް ވައްޓާލާ މަންޒަރާއި މަރުތޭލެއް މޫނުމައްޗަށް އެއްލާ މަންޒަރު ހިމެނޭކަމަށް ބުނެފައިވެއެވެ.

އެ ފަދަ މަންޒަރުތައް ދެއްކުން އެ ގައުމުގެ ބްރޯޑްކާސްޓިން ގާނޫނުގެ 41 ވަނަ މާއްދާއިން މަނާކުރާކަމަށް ބްރޯޑްކޮމްއިން އެ ޓީވީއަށް ދީފައިވާ އިންޒާރުގައި ބުނެފައިވެއެވެ. އެ މާއްދާގައި ބުނެފައިވަނީ ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތައް ދުރަށް ދައްކާއިރު އެ ޕްރޮގްރާމެއްގައި އެކަކު އަނެކަކަށް އަނިޔާ ކުރާ މަންޒަރު ނުވަތަ އަނިޔާ ކުރާނެ ގޮތް ބުނެދެވިގެން ނުވާނެ ކަމަށެވެ.

ބްރޯޑްކޮމް އިން ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ އެފަދަ މަންޒަރުތައް ފެންނަ ނަމަ ކުޑަކުދިން އެފަދަ ކަންކަން ކޮޕީ ކުރާނެ ކަމަށާއި ދެން އެފަދަ މަންޒަރުތައް އެކުލެވޭ ޕްރޮގްރާމްތައް ދުރަށް ދައްކައިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް