ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް އަންގާރަ ދުވަސް ސަރުކާރު ބަންދު!

މިމަހުގެ 18 ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވި އެ ދުވަސް ބަންދު ކ...

16 Sep 2018 | 09:34

މިމަހުގެ 18 ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވި އެ ދުވަސް ބަންދު ކުރަން ރައީސް ނިންމެވީ ދިވެހި ގައުމި ފުޓުބޯޅަ ޓީމު ރާއްޖެ އަންނާތީ މަރުހަބާ ކިޔުމަށް ކަމަށެވެ.

https://twitter.com/SpokespersonMV/status/1041251343892078592

ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު އެފްއޭއެމްއިން އަދި ހާމައެއް ނުކުރެ އެވެ. 10 އަހަރަށް ފަހު ސާފް ޗެމްޕިިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރީ އިއްޔެ ބަންގްލަދޭޝްގައި އިންޑިއާ އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާ އަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް