އެންސިސްގެ ފައިސާތައް ފޭރިގަތް މީހަކު މުލަކުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގާ އެންސިސް ފިޝަރީޒްގެ ފައިސާތަކެއް ފޭރިގަތުމުގައި އަމަލީ ގޮތުން ބަިއވެރިވި މީހަކު މ. މުލަކުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މުލަކުނ...

16 Sep 2018 | 07:16

ހުޅުމާލޭގައި ހިންގާ އެންސިސް ފިޝަރީޒްގެ ފައިސާތަކެއް ފޭރިގަތުމުގައި އަމަލީ ގޮތުން ބަިއވެރިވި މީހަކު މ. މުލަކުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މުލަކުން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އެމީހާ އަކީ އެ ކުންފުނީގެ ފައިސާތައް ފޭރި ގަތުމަށް އެ ދުވަހު ފާރަލައި އަމަލީ ގޮތުން ފައިސާތައް ފޭރިގަތުމުގައި ބައިވެރިވި މީހެއް ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 14 ދުވަސް ވަނީ ޖަހައިދީފަ އެވެ.

މި މައްސަލައިގަ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ފަސް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.

އެ ކުންފުނީގެ ފައިސާތައް ފޭރިގަނެފައިވަނީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް