ދުވާފަރުގަވެސް ރޭ މީހެއްގެ ގަޔަށް ވަޅި ހަރައިފި

ރ. ދުވާފަރުގައި ރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ. ދުވާފަރުގެ އިތުރުން ރޭ ފުވައްމުލަކު ސިޓީގައިވެސް ވަނީ މީހެއްގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލާފައި އެވެ. ދުވާފަރު ކައުންސިލުން ބުނ...

16 Sep 2018 | 06:55

ރ. ދުވާފަރުގައި ރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

ދުވާފަރުގެ އިތުރުން ރޭ ފުވައްމުލަކު ސިޓީގައިވެސް ވަނީ މީހެއްގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލާފައި އެވެ.

ދުވާފަރު ކައުންސިލުން ބުނީ އެރަށުގައި ހިންގި މަރާމާރީގައި ޒަހަމް ކޮށްލާފައިވަނީ 21 އަހަރުގެ ޒުވާނެެއް ކަމަށެވެ. އޭނާގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރާފައިވާ ކަމަށް ބުނެފައިވެ އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް