ވާރޭވެހި ފުވައްމުލަކު ބައެއް ގޭގެއަށް ފެން ވަދެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގަ ފުވައްމުލަކު ސިޓީގެ ބައެއް ގޭގެއަށް ފެންވަދެ ގެން ވެލި ބަސްތާ ޖަހަން ޖެހިއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އިއްޔެ އާއި ރޭ...

16 Sep 2018 | 02:24

މިހާރު ކުރަމުންދާ ވިއްސާރައިގަ ފުވައްމުލަކު ސިޓީގެ ބައެއް ގޭގެއަށް ފެންވަދެ ގެން ވެލި ބަސްތާ ޖަހަން ޖެހިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އިއްޔެ އާއި ރޭ ކުރި ވިއްސާރައިގަ އެ ރަށުގެ 13 ގެއަކަށް ފެނުގެ އަސަރު ކުރި ކަމަށެވެ. އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަދަން އޭރިއާގެ ސިފައިން ގޮސް ގޭގެއަށް އިތުރަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާދިސާގައި ގޭގޭ ގޯތިތެރޭގެ އިތުރުން ބައެއް ގޭގެއަށްވެސް ވަނީ ފެންވަދެފަ އެވެ. އެ ގޭގެއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުރަމުންދަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން ރޭ ފަތިހާއި ޖެހެންދެން އޮތީ ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް