ކޯވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ހީނަރު ކަމާއެކު ކުރިޔަށް އޮތް ދެ މަސް ތެރޭ ގިނަ "ސްޓާޓްއަޕް" ވިޔަފާރިތައް މުޅީން ހުއްޓުމުގެ ބިރު އެބައޮތް ކަމަށް ސްޕާކްހަބް މޯލްޑިވްސް އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
ކޯވިޑް-19 އިގެ ސަބަބުން އަލަށް ފެށި ކުދި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރުތަކުގެ މައްޗަށް ބަލައި ސްޕާކްހަބްސް ކުރި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖޭގެ ގިނަ ވިޔަފާރި ފަށާފައި ވަނީ އާއިލާ ނުވަތަ ކޮންމެ ވެސް ރަހުމަތްތެރިއެއްގެ ފަރާތުން މާލީ އެހީތެރިކަން ހޯދައިގެނެވެ. ސާވޭގައި ބައިވެރިވި 59 އިންސައްތައަށް ވުރެ ގިނަ ވިޔަފާރިން ގަބޫލު ކުރާ ގޮތުގައި މިހާރުގެ އިގްތިސޯދު އޮތް ހާލަތުން އެ ވިޔަފާރިތައް އެންމެ ދިގު މުއްދަތަކަށް ވެސް ހިންގޭނީ ދެ މަސް ދުވަހަށެވެ.
https://twitter.com/sparkhubmv/status/1294592019990343680?s=20
އެ ސާވޭން ދެއްކި ގޮތުގައި 43 އިންސައްތަ ސްޓާޓްއަޕް ވިޔަފާރި ވަނީ ހުއްޓާލަން ޖެހޭ ހާލަތުގަ އެވެ. ސްޓާޓްއަޕްތަކުގެ ބޮޑު ބަޔަކަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފަ އެވެ.
މައިގަނޑު ސަބަބަކީ ކޯވިޑް-19 އާ ގުޅިގެން މި ވިޔަފާރިތަކުން ހިދުމަތް ހޯދި 90އިންސައްތަ ކަސްޓަމަރުންގެ މަދުވުމެވެ.
އޭގެ ސަބަބުން 37.3 އިންސައްތަ ވިޔަފާރިން ވަނީ ކަސްޓަމަރުން ހޯދުމަށްޓަކައި އަގުތައް ތިރިކުރަން މަޖުބޫރުވެފައި ވެއެވެ. ރާއްޖޭގެ ސްޓާޓްއަޕްތަކުގެ 41.2 އިންސައްތައަށް މިހާލަތުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކްލައިންޓުންގެ އަތުން ޕޭމަންޓް ނުވަތަ ފައިސާ ހޯދުމެވެ.
ސާވޭގައި ބައިވެރިވި 74.5އިންސައްތަ ވިޔަފާރިން ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ އެހީތެރިކަން މި ހާލަތުގައި ބޭނުންވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް