ދެވަނަ ދައުރުގައި ބޭއްވި 13 ޖަލްސާއަށް ފަހު މެމްބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިއަދު ނިމުމާއެކު މެމްބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އެންމެ ފަހުން ގެނައި ބަދަލާއެކު ދެވަނަ ދައުރުގެ ޖަލްސާތައް ނިމޭނީ އޯގ...

16 Aug 2018 | 12:21

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިއަދު ނިމުމާއެކު މެމްބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އެންމެ ފަހުން ގެނައި ބަދަލާއެކު ދެވަނަ ދައުރުގެ ޖަލްސާތައް ނިމޭނީ އޯގަސްޓް 16 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ތިން ވަނަ ދައުރުގެ ޖަލްސާތައް މިއޯގަސްޓްމަހުގެ 27 ވަނަ ދުވަހު ފެށޭނެއެވެ.

ކުރީގައި ނަމަ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޯގަސްޓްމަހުގެ ނިޔަލަށެވެ. އަދި އެއްމަސްދުވަހުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރ މަހުއެވެ. ނަމަވެސް ފަހުން ގެނައި އިސްލާހާއެކު ތިންވަނަ ދައުރުގެ ޖަލްސާތައް އޯގަސްޓްމަހުގެ 27 ން ނޮވެމްބަރ މަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ބޭއްވީ 13 ޖަލްސާއެވެ. މިޖަލްސާތަކުގައި ގިނަ ޤާނޫނުތަކަކަށް ބަދަލުގެނައުމަށް ވަނީ ފާސްކުރައްވާފައެވެ. ޚާއްސަކޮށް އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ފާސްކުރައްވާފައެވެ. އަދި މުހިންމު ބިލްތަކެއް ކޮމެޓީ މަރުހަލާގައިވެސް އެބަހުއްޓެވެ. އެގޮތުން ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްތައް ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގައިވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް