ކުޑަ ދޯންޏެއްގައި ނިކުމެގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމުގައެވެ. އެމީހާ ފެނިފައިވަނީ ސީޕްލޭންގައި ވައިގެ މަގުން އެސަރަހައްދު ބަލަމުން ދަނިކޮށްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މިހާރު އެމީހާ ކޯސްޓް ގާޑު ލޯންޗުގައި މަނަދުއަށް ގެންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށާފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް