ޢީދަށް ހެޔޮވަރު ބަކައްޓެއް ބޭނުންތަ!، މިއޮތީ ރަނުގެ ފުރުސަތެއް

އަޟްހާ ޢީދަށް، ޢީދު ދުވަހު ކައްކައިލަން ހެޔޮވަރު ބަކަރިއަކާއި ބާސްމަތީ ހަނޑޫބަސްތާއެއް ބޭނުން ހެއްޔެވެ.!؟ އެހެންކަމުގައިވާނަމަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލައި ކުޑަ ކަމެއް...

16 Aug 2018 | 08:50

އަޟްހާ ޢީދަށް، ޢީދު ދުވަހު ކައްކައިލަން ހެޔޮވަރު ބަކަރިއަކާއި ބާސްމަތީ ހަނޑޫބަސްތާއެއް ބޭނުން ހެއްޔެވެ.!؟

އެހެންކަމުގައިވާނަމަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލައި ކުޑަ ކަމެއް ކޮށްލައިގެން އެ ފުރުސަތު އެބަ އޮތެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެ ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕޭޖަށް ލައިކްކޮށް އެ ޕޯސްޓް ފޭސްބުކްގައި ޝެއަރކޮށްލައިގެން ބަކަރިއަކާއި މާސްޓަރ ޝެފް ބާސްމަތީ ހަނޑޫ ބަސްތާއެއް ލިބުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އެ ޕޭޖްގައި ބުނެފައިވާގޮތުގައި މި ފުރުސަތު ހަމަވާނީ ހޮނިހިރު ދުވަހުގެ ރޭ 23:59 އަށެވެ. ގުރުއަތުން ހޮވޭ ފަރާތެއް އަންނަ އާދީއްތަ ދުވަހު އިއުލާނުކުރާނެކަމުގައިވެސް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް