ސާރާ އަލީ ޚާން އިންސްޓާރގްރާމަށް

ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އަކީ، މިދުވަސް އެތަރިއެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވޭ އެއް ތަރިއެވެ. މިއަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ނިކުތުމަށް ހަމަޖެހިފައިވާ ކިދާރ...

16 Aug 2018 | 08:29

ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އަކީ، މިދުވަސް އެތަރިއެއްގެ ވާހަކަ އެންމެ ގަދަޔަށް ދެކެވޭ އެއް ތަރިއެވެ. މިއަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ނިކުތުމަށް ހަމަޖެހިފައިވާ ކިދާރްނާތް އިން ސާރާ ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ސާރާގެ ފުރަތަމަ ފިލްމަށް މިފިލްމު ވެގެންދާއިރު ސާރާ މިފިލްމުން ފެނިގެންދާނީ ސުޝާންތް ސިން އާއެކުއެވެ. މިފިލްމާއެކު މީޑިޔާގެ ސަމާލުކަން ސާރާއަށް މިހާރުއްސުރެ ލިބިގެންގޮސްފައިވާއިރު މީސް މީޑިޔާގައި ސާރާގެ ފޭނުންނާ ހަމައަށް ވާސިލްވުމަށް ސާރާ މިވަނީ އިންސްޓާރގްރާމް އެކައުންޓެއް ހުޅުވާފައެވެ.

އިންޑިޔާގެ މިނިވަން ދުވަހާ ދިމާކޮށް، އިންސްޓާރގްރާމަށް ސާރާ ފުރަތަމަ ފޮޓޯ ޕޯސްޓް ކޮށްފައިވާއިރު އެޕޯސްޓްގައިވަނީ އުފާވެރި މިނިވަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. ސާރާ އިންސްޓާރގްރާމަށް އޭނާގެ ފުރަތަމަ ފޮޓޯ ޕޯސްޓްކުރުމާއެކު ބޮލީވުޑްގެ ތަރިންކަމުގައިވާ ، އާލިއާ ބަޓް، ޖާންވީ ކަޕޫރް އަދި ހަރްޝަވަދަން ކަޕޫރްވަނީ ސާރާ ފޮލޯކުރަން ފަށާފައެވެ. އަދި ކަރަން ޖޯހަރު ވަނީ ސާރާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓާރގްރާމަށް ޕޯސްޓްކުރުމާއެކު އިންސްޓާރގްރާމްގެ ދުނިޔެއަށް ސާރާއަށް މަރުޚަބާ ކިޔާފައެވެ.

ކޮންމެއަކަސް ސާރާގެ ފޭނުންނަށް މިއީ އުފާވެރި ޚަބަރެއްތާއެވެ. ސާރާ ކުރަމުންދާ ކަންކަން މީސް މީޑިޔާއިން ބަލާލުމުގެ ފުރުސަތު އިތުރަށް މަގުފަހިވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް