ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވިމީހުންގެ އަދަދު 72 ށް އަރައިފި

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި އެވެ. ކެރަލާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ގިނަ އަދަދެއްގެ އަވަށްތަކުގައި ފެންބޮޑުވެފައިވާއިރު މިއީ ތާ...

16 Aug 2018 | 07:28

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި އެވެ. ކެރަލާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ގިނަ އަދަދެއްގެ އަވަށްތަކުގައި ފެންބޮޑުވެފައިވާއިރު މިއީ ތާރީޚުގައިވެސް މިހާބޮޑަށް ފެންބޮޑުވެ ގެއްލުންތައް ލިބުނު ފަހަރުކަމަށް  އޮފިޝަލުން ވިދާޅުވި އެވެ. މިވިއްސާރައާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާރު ކުރަމުން މިދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ކެރަލާގެ 14 ޑިސްޓުރިކްޓުގައި ވަނީ ރެޑް އެލާޓަށް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރު ތެރޭ ވެސް ބޯކޮށް ވާރޭ ވެހެމުން ދާނެ ކަމަށް މޫސުމީ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިވިއްސާރަ އާ ގުޅިގެން ކެލެރާގެ ހުރިހާ ޑިސްޓުރިކްޓްތަކެއްގައި ވަނީ ކިޔެވުން މަޑުޖައްސާލާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ކެރަލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ ވިއްސާރައިގެ ސަބަބުން ހޮނިހިރު ދުވަހާ ޖެހެންދެން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު ބަންދު ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް