އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ކެމްޕޭން ދަތުރުފުޅުގައި ކ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ. ކ އަތޮޅުގެ ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުޅި، މާފުށި އަދި ގުރައިދޫއަށް މިދަތުރުގައި އިބޫ ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.
މިރަށްރަށަށް ވަޑައިގެން މިރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޖަގަހަތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އިބޫ އެންމެ ފަހުން ވަޑައިގަތީ ހދ އަތޮޅުގެ ރަށްތަކަށެވެ. އިބޫ ކ އަތޮޅަށް ވަޑައިގެންނަވާއިރު ރަނިންމޭޓް ފައިސަލް ނަސީމް އުޅުއްވަނީ އއ އަތޮޅުގައެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް