ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރުނު އެ ކުންފުނީގެ ނޯޓް 9 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
އިއްޔެއިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު އުރީދޫއިން ވަނީ އޮންލައިންކޮށް ޕްރީ އޯޑަރު ކޮށްލެވޭނެ ފަސޭހަ އިންތިޒާމެއް ގާއިމްކޮށްފައެވެ. އެގޮތުން http://ore.do/note9 އަށް ޒިޔާރަތްކޮށްލެއްވުމަށްފަހު ފަސޭހަކަމާއެކު ޕްރީ އޯޑަރު ކޮށްލެވޭނެ އެވެ.
އުރީދޫއިން ބުނީ ޕްރީ އޯޑަރު ކުރާ ކޮންމެ ކަސްޓަމަރަކަށް ހަދިޔާއެއްގެ ގޮތުގައި އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތު ސްޕީކަރެއް ހިލޭ ލިބިގެންދާނެ ކަމަށާއި ޕްރީ އޯޑަރު ކުރުމަށްފަހު ހަ މަހަށް އަދި 12 މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންސްޓޯލްމެންޓް ސްކީމްވެސް ހިޔާރު ކުރެވޭނެ ކަމަށެވެ.
އެގޮތުން 128 ޖީބީގެ ނޯޓް 9 ހަ މަސް ދުވަހަށް ބަހާލައިގެން ނަގާނަމަ މަހަކު ދައްކަން ޖެހެނީ ހަމަ އެންމެ 2333 ރުފިޔާއެވެ. 128 ޖީބީގެ ނޯޓް 9، 12 މަހަށް ބަހާލައިގެން ނަގާނަމަ މަހަކު ދައްކަން ޖެހެނީ ހަމަ އެންމެ 1167 ރުފިޔާއެވެ. އަދި 512 ޖީބީގެ ނޯޓް 9 ހަ މަހަށް ބަހާލައިގެން ނަގާނަމަ މަހަކު އެންމެ 3033 ރުފިޔާ ދައްކަން ޖެހޭއިރު 12 މަހަށް ބަހާލައިގެން ނަގާނަމަ ދައްކަންޖެހެނީ މަހަކު ހަމަ އެންމެ 1517 ރުފިޔާއެވެ. މީގެ އިތުރުން ހަ މަހަށް ބަހާލައިގެން ނަގާނަމަ ކޮންމެ މަހަކު ފަސް ޖީބީ ޑާޓާ ހިލޭ ލިބެއެވެ. 12 މަހަށް ބަހާލައިގެން ނަގާނަމަ ކޮންމެ މަހަކު ދެ ޖީބީ ޑާޓާ ހިލޭ ލިބެ އެވެ.
ޕްރީ އޯޑަރު ކުރުމުގައި ދެ ކުލައެއް ހިޔާރު ކުރެވެއެވެ. އެއީ "މެޓަލިކް ކޮޕަރ" އަދި "އަދި މިޑްނައިޓް ބްލެކް" އެވެ. ސްޓޯރޭޖް ކެޕޭސިޓީ ދެ ސައިޒެއް ހިޔާރު ކުރެވޭއިރު ޕްރީ އޯޑަރު ކުރާ ނޯޓް 9 ލިބެންވީ އުރީދޫގެ ސްޓޯރުވެސް ހިޔާރު ކުރެވެއެވެ.
https://www.youtube.com/watch?v=rjaL94yEJME
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް