ރަންބީރު ކަޕޫރު އާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއްކަމަށާއި ރަންބީރު އަކީ އަބަދުވެސް ވަރަށް ސަޕޯޓްކުރި އެކްޓަރެއްކަމަށް އާލިއާ ބުނެފިއެވެ. ދާދިފަހުން މެގަޒިންއަކަށް ދިން އިންޓަރވިއުއެއްގައި ރަންބީރު އާއެކު ފިލްމު ބްރަމަސްތްރަ ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ކިހިނެއްތޯ ، ނޫސްވެރިއަކު އެހުމުން އާލިއާ ބުނެފައިވަނީ ރަންބީރު އަކީ މޮޅު އެކްޓަރެއްކަމަށާއި ، ރަންބީރު އަކީ އެކުގައި މަސައްކަތް ކުރުމަށް ފަސޭހަ މީހެއްކަމަށެވެ.
އާލިއާ ބުނީ ފިލްމުގެ ސެޓަށް އައުމަށްފަހު އެންމެންނަކީވެސް އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި މިފިލްމުގައި ރަންބީރު އަކީ އޭނާގެ ކޯ އެކްޓަރ އަށް ވާއިރު ރަންބީރު އަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ ކަންކަން ވަރަށް އިނގޭ މީހެއްކަމަށްވުމުން ވަރަށް ފަސޭހަވިކަމަށް އަލީ ވަނީ ބުނެފައެވެ.
ރަންބީރު އާއި އާލިއާ އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މިދެ މީހުން ހަރަކާތްތެރިވެފައިވާ ފިލްމު ބްރަމަސްތްރަ ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުއެވެ. ސުޕަރހީރޯ ކަންތައްތަކެއް ފެނިގެންދާ މިފިލްމު ޑައިރެކްޓް ކުރަނީ އާޔަން މުކަރްޖީއެވެ. މިފިލްމުން ރަންބީރު އާއި އާލިއާގެ އިތުރުން އަމީތާބް ވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް