އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕޭން ދަތުރުފުޅުގައި އއ އަތޮޅަށް ވަޑައިގެންފިއެވެ. އއ އަތޮޅަށް މިކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ފައިސަލް ނަސީމް ވަޑައިގެންނެވީ އއ. ހިމަންދޫއަށެވެ. އއ އަތޮޅަށް ފައިސަލް މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނަވާނެއެވެ.
ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. ފައިސަލް އއ އަތޮޅަށް ވަޑައިގެންނަވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ގާސިމް އިބްރާހީމް ގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ އދ އަތޮޅަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ކެމްޕޭން ދަތުރުފުޅުގައި ފައިސަލް ނަސީމް އެންމެ ފަހުން ވަޑައިގެންނެވީ ފ އަދި ދ އަތޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް