ބޮލީވުޑްގެ ތަރިންގެ ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންވީރް ސިން އާއި ދީޕިކާ ޕަދުކޯންގެ ވާހަކަ އަކީ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމަށް ދެމީހުން ކުރެ އެކަކުވެސް މީޑިޔާގައި އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް މީސް މީޑިޔާގައި ދެމީހުން ޕޯސްޓްކުރަމުންދާ ފޮޓޯ ތަކަށް ލޯބީގެ ކޮމެންޓްތައް އެކަކު އަނެކަކަށް ކުރުމާއި ހަފްލާތަކަށް ދެމީހުން އެކުގައި ދިޔުމާއި އެކުގައި ނަގާ ލޯބި ފޮޓޯތަކަށް ބަދަލެއް ނާދެއެވެ. އެކަންކަން ދަނީ ކުރިއަށެވެ. އެގޮތުން ދާދިފަހުން ދީޕިކާ އިންސްޓާގްރާމަށް ލީ ފޮޓޯއަކަށް ރަންވީރް ކުރި ކޮމެންޓްމިވަނީ މީހުންގެ ސަމާލުކަމަށް އައިސްފައެވެ. މިއީ އަލަށް ވީ ކަމެއް ނޫނެވެ. އެހެންނަމަވެސް މިދެމީހުން ކުރުމުން އެކަން ސަމާލުކަމަށް އަންނަ މީހުންވެސް ގިނަވާނެތާއެވެ.
ދީޕިކާ މެގަޒިންއަކަށް ނެގި ފޮޓޯއެއް ވަނީ އޭނާގެ އިންސްޓާގްރާމަށް ޕޯސްޓްކޮށްފައެވެ. ވޮގުޔް މެގަޒިން އިން ދީޕިކާ ފީޗަރކޮށް ނަގާފައިވާ ފޮޓޯޝޫޓްގެ ތެރެއިން ފޮޓޯއެއް އިންސްޓާގްރާމަށް ދީޕިކާ ލާފައިމިވަނީ އެމެގަޒިންއަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. އެއާއެކު ރަންވީރު މިވަނީ " ހޭ ގޯޖިއަސް" އާއެކު މަލުގެ ގުލްދުސްތާއަކުން އެފޮޓޯއަށް ކޮމެންޓްކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ރަންވީރު އާއި ދީޕިކާ މިއަހަރުގެ ނޮވެމްބަރު މަހު ކައިވެނިކުރާނެއެވެ. ހަމައެކަނި އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ދައުވަތުދޭނެ މި ކައިވެންޏާ ބެހޭ މާގިނަ މައުލޫމާތެއް އަދި މީޑިޔާއަށް ތިލަވެފައިއެއް ނުވެއެވެ. އެހެންނަމަވެސް މުމްބާއީ އާއި ބެންގަލޫރްގައި ދެ ރިސެޕްޝަން ބާއްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް