ގަވައިދާ ހިިލާފަށް އުޅޭ 150 އަށްވުރެ ގިނަ ބިދޭސީން ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން އިތުރު 152 މީހަކު ފުރުވާލައިފި އެވެ. އެ އެންމެންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ފުރުވާލާފައިވަނީ މިއަދު ހ...

16 Jul 2020 | 08:47

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން އިތުރު 152 މީހަކު ފުރުވާލައިފި އެވެ.

އެ އެންމެންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ފުރުވާލާފައިވަނީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފުރުވާލުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ގާތްގަނޑަކަށް 4،000 އެއްހާ ބަންގްލަދޭޝް މީހުން ވަނީ ފުރުވާލާފައި އެވެ. ސަރުކާރުގެ އަމާޒަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން މިއަހަރުުގެ ތެރޭގައި ފުރުވާލުމެވެ.

މި މަސައްކަތް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ގުޅިގެންނެވެ.

އެމީހުން ފުރުވާލުމަށް ޓިކެޓު ނެގުމުގެ ކަންކަން ހަމަޖައްސަނީ އެމީހުން ރާއްޖެ އަންނަން ވެގެން ދައްކާފައިވާ ޑިޕޮސިޓް ފައިސާއިން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ބައެއް މީހުން ފުރުވުމުގައި ދަތިތަކާއި ދިމާވެފައިވަނީ ކާކުކަން ދެނެގަތުމަށް އުނދަގޫވުމުން ކަމަށާއި ބައެއް މީހުން އެމީހުންގެ މައުލޫމާތު ހާމަ ކުރަން ދެކޮޅު ހަދާކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން އެމީހުންގެ ޑިޕޮސިޓް ފައިސާއިން ހަރަދުކޮށް ފުރުވާލާފައިވަނީ ސައްހަ މައުލޫމާތު ފޯރުކޮށްދެމުންދާ މީހުންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އަށްވުރެ ގިނަ ބިދޭސީން އުޅޭއިރު އޭގެ ތެރެއިން 99 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް