މިރޭ ހަނދުކޭތަ ހިފަނީ

މިރޭ ދަންވަރު ހަނދުކޭތަ ހިފާނެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން، ވިލާ ބޯ ނޫންނަމަ މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ވެސް ފެންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ކޭތަ ހިފަން...

16 Jul 2019 | 06:35

މިރޭ ދަންވަރު ހަނދުކޭތަ ހިފާނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން، ވިލާ ބޯ ނޫންނަމަ މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ވެސް ފެންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 23:43 ހާއިރު އެވެ. އަދި ކޭތަ ވީއްލާ ނިމޭނީ ގާތްގަނޑަކަށް ފަތިހު 5:17 ހާއިރުއެވެ.

ފުރިހަމަ ހަނދުކޭތައެއް 1:10 ހާއިރު ހިފަން ފަށާއިރު، ކޭތަ އެންމެ ބޮޑަށް ހިފާނީ 2:30 ހާއިރުއެވެ.

މިރޭ ހިފާ ކޭތައިގައި ހަނދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ކޭތަ ހިފާނެއެވެ.

މެޓް އޮފީހުން ބުނީ، ހަނދު ކޭތަ ހިފަން ފަށާ ގަޑީގައި އިތުރަށް މޫސުން ގޯސްވެ ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް