ޤައުމީ ޔުނިވަރސިޓީގެ ލޯ ފެކަލްޓީން ހިލޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އާއި ގުޅިގެން ސައުދީގެ އަލްއަމީރު ސައްޠާމު ބިން ޢަބްދުލް ޢަޒީޒު ޔުނިވަރސިޓީން ދޭ ހިލޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސ...

16 Jul 2019 | 05:48

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އާއި ގުޅިގެން ސައުދީގެ އަލްއަމީރު ސައްޠާމު ބިން ޢަބްދުލް ޢަޒީޒު ޔުނިވަރސިޓީން ދޭ ހިލޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިލޭ ސްކޮލަރޝިޕަށް ހުޅުވާލައިފައި ވަނީ ފުރަތަމަ ޑިގްރީން ފަސް ދާއިރާއަކަށެވެ. އެއީ:

  1. އިންޖީނިއަރިންގ
  2. ކޮމްޕިއުޓިންގ
  3. ސައިންސް
  4. މެނޭޖްމަންޓް
  5. އެޑިޔުކޭޝަން

ޤައުމީ ޔުނިވަރސިޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ 24 އަހަރަށްވުރެ މަތި ނޫން ދަރިވަރުންނަށް ކަމަށެވެ. އަދި އޭލެވެލް ސެޓްފިކެޓެއް ނުވަތަ ޝަހާދާ ޘާނަވިއްޔާ ހާސިލްކޮށްފައިވުމުގެ އިތުރުން، ސިއްޙީގޮތުން ކިޔެވުމަށް އެކަށީގެންވާ ކުދިން ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝަރުތުކޮށްފައިވެއެވެ.

ޔުނިވަރސިޓީން ބުނީ، މި ކޯސްތަކަށް ހޮވޭ ކޮންމެ ދަރިވަރަކުވެސް އަރަބި ބަސް ކިޔަވާތީ، ކޯސްތަކަށް ކުރިމަތިލާ ކުދިންނަށް އަރަބި ބަސް އެނގުން ޝަރުތެއް ނޫން ކަމުގައެވެ.

ސްކޮލަރޝިޕަށް ޝައުގުވެރިވާ ދަރިވަރުން މިމަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ޤައުމީ ޔުނިވަރސިޓީން ނެރުނު އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް