އަހަރެންގެ އިތުރުން ބޮލީވުޑްގައި މިހާރު ތިބީ އެންމެ ހަތަރު ސުޕަރސްޓާރުން: ސަލްމާން ޚާން

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން ދަނީ އެންމެ ފަސް ސްޓާރުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ. ފިލްމްފެއާރ އަށް އިންޓަވިއުއެއް ދެމުން ސަލްމާން ބުނީ، ބޮލީވުޑްގައި މިހާރު ތިބީ ...

16 Jul 2019 | 05:13

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން ދަނީ އެންމެ ފަސް ސްޓާރުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ.

ފިލްމްފެއާރ އަށް އިންޓަވިއުއެއް ދެމުން ސަލްމާން ބުނީ، ބޮލީވުޑްގައި މިހާރު ތިބީ އޭނާ އާއި ލައިގެން ފަސް ސްޓާރުން ކަމަށެވެ. އެއީ އޭނާ އާއި، ޝާހްރުކް ޚާން، އާމިރު ޚާން، އަކްޝޭ ކުމާރް އަދި އަޖޭ ދޭވްގަން ކަމަށް ސަލްމާން ބުންޏެވެ.

މިހާރު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން ގިނަދުވަހު މަސައްކަތް ކޮށްގެން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައި ވަނީ އެ ފަސް ތަރިން ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އަދި އެހާ ގިނަދުވަހު "ސްޓާޑޮމް" ގައި ހިފަހައްޓައިލެވުނީވެސް މި ފަސް ތަރިންނަށް ކަމަށް ސަލްމާން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސަލްމާން ބުނީ، އެމީހުން އަދިވެސް ދާއިރާއިން ފެނިގެންދާނެ ކަމަށާއި، އެމީހުންގެ "ސްޓާޑޮމް" ނުވަތަ މަޝްހޫރުކަން ނެތި ހިނގައްޖެ ނަމަ ބޮކްސް އޮފީހުގެ ކަލެކްޝަން އަށެއް ނުވަތަ ދިހަ ޕަސެންޓަށް ތިރިވެގެންދާނެ ކަމަށެވެ. ނަމަވެސް ދެން ދާއިރާ އާއި ދުރަށްދާން މާގިނަ ދުވަހެއް ނެތް ކަމަށްވެސް ސަލްމާން ބުންޏެވެ.

ސަލްމާން މިވަގުތު ކުރަމުން ދަނީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމް، ދަބަންގް 3 ގެ މަސައްކަތެވެ. ސަލްމާންގެ އެންމެ އައިކޮނިކް ރޯލު ޗުލްބުލް ޕާންޑޭގެ ކެރެކްޓާ މި ފިލްމުން އަނެއްކާ ވެސް ފެނިގެންދާނެ އެވެ.

މީގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ނަޗް ބަލިޔޭ 9 ގެ ޕްރޮޑިއުސަރަކީ ވެސް ސަލްމާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް