މަޑިވަރު އެއާޕޯޓު މިއަހަރު ހުޅުވާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

ޅ. މަޑިވަރުގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ރީޖަނަލް އެއާޕޯޓު މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. އިއްޔެ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމ...

16 Jul 2019 | 04:36

ޅ. މަޑިވަރުގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ރީޖަނަލް އެއާޕޯޓު މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އިއްޔެ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބެއިރު ވިދާޅުވީ، މަޑިވަރު އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށާއި، މިއަހަރު އެއާޕޯޓު ހުޅުވާނެ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ރަންވޭގެ މަސައްކަތް ކަމަށްވެސް ޒުބެއިރު ވިދާޅުވިއެވެ.

މަޑިވަރު އެއާޕޯޓު އަޅަން ހަވާލުކޮށްފައިވަނީ މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާއެވެ. އެ ކުންފުންޏާ އެއާޕޯޓު އަޅަން ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން މި އެއާޕޯޓުގެ މަސައްކަތް ކުރާއިރު، ކުރެއްދޫ ހޯލްޑިންގްސް އިން ބުނެފައި ވަނީ މި އެއާޕޯޓު އަޅަން 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. އަދި މި އެއާޕޯޓަކީ އާންމުކޮށް ރީޖަނަލް އެއާޕޯޓުތައް ހުންނަ ސައިޒަށް އަޅާ އެއާޕޯޓެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ޅ. މަޑިވަރަކީ ކުރިން ސިފައިންގެ ޓްރެއިނިންގ މަރުކަޒު ހިންގި ރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް