އިންޓަމިޓެންޓް ފާސްޓިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ، ބަރުދަން ލުއިކޮށްލުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންކުރަމުން އަންނަ ގޮތެކެވެ.
އިންޓަމިޓެންޓް މި ބަހުގެ މާނައަކީ ވަކި ވަގުތެއްގައި ނުވަތަ ވަކި އިންޓަލެއްގައި ކުރެވޭ ފާސްޓިންގް އެވެ. ފާސްޓިންގް މި ބަހުގެ މާނައަކީ ނުކައި ހުރުމެވެ. އަހަރުމުން މުސްލިމުން ފާސްޓިން މާނަކުރަނީ ރޯދަ ހިފުމަށެވ. އެހެން ނަމަވެސް އިންޓަމިޓެންޓް ފާސްޓިންގައި ރޯދަ އަށް ހުރުމެކޭ ބުނެވޭކަށް ނެތެވެ. އެއީ އިންޓަމިޓެންޓް ފާސްޓިން ކުރާ ވަގުތުގައިވެސް ފެން، ކޮފީ އަދި ސައި ބުއިނަމަވެސް އިންޓަމިޓެންޓް ފާސްޓިންގައި މައްސަލައެއް ނެތެވެ.
ކުރުކޮށް ބުނާނަމަ މި ގޮތަކީ 24 ގަޑިއިރުގެ ތެރެއިން ހަމަ ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި ނުކައި ހުރުމަށްފަހު އަނެއް ވަގުތުތަކެއްގައި ހުރިހާ ކެއުމެއް ކެއުމެވެ. ހުރިހާ ކެއުމެއް ކެއުމޭ މި މާނަ ކުރަނީ ހެނދުނުގެ ސަޔާއި، މެންދުރުގެ ނާސްތާ އާއި ރޭގަނޑުގެ ނާސްތާ ހިމެނޭހެންނެވެ.
އިންޓަމިޓެންޓް ފާސްޓިން އާންމު ގޮތެއްގައި ކޮށް އުޅެނީ ތިން ގޮތަކަށެވެ. އެއީ އީޒީ މޯޑް، މީޑިއަމް މޯޑް އަދި އެކްސްޓްރީމް މޯޑް މިއެވެ.
އީޒީ މޯޑަށް ކުރުކޮށް ކިޔަނީ 12:12 މޯޑެވެ. މާނައަކީ 12 ގަޑިއިރު އެއްޗެއް ނުކައި ހުރުމަށްފަހު އަނެއް 12 ގަޑިއިރު ކާންޖެހޭ ހުރިހާ އެއްޗެއް ކެއުމެވެ. މި މޯޑްގައިވެސް ނުކައި ހުންނަ ވަގުތުތަކުގައިވެސް ފެނާއި، ކޮފީ އަދި ސައި ބުއިމަކުން މައްސަލައެއް ނެތެވެ. މި މޯޑްގައިވެސް ގިނަ ބަޔަކު ހިޔާރު ކުރަނީ ރޭގަނޑު 07:30 އިން ފެށިގެން ހެނދުނު 07:30 އަށް ނުކައި ހުރުމަށެވެ. އެއީ ނިދާ ވަގުތު، އެ 12 ގަޑިއިރުގެ ތެރޭގައި ހިމެނޭތީ ބަނޑުހައިވުން އިހްސާސް ކުރެވޭލެއް މަދުވާނެތީއެވެ.
މީޑިއަމް މޯޑަށް ކުރުކޮށް ކިޔަނީ 08:16 މޯޑެވެ. މާނައަކީ 16 ގަޑިއިރު އެއްޗެއް ނުކައި ހުރުމަށްފަހު އަނެއް އަށް ގަޑިއިރުގެ ތެރޭގައި ހުރިހާ ކެއުމެއް ކެއުމެވެ. މި މޯޑް ހިޔާރުކުރާމީހުން ރޭގަނޑޫ 07:30 ގައި ކެއުން ހުއްޓާލުމަށްފަހު ދެން ކާން ފަށަނީ ހެނދުނު 10:30ގައެވެ.
މި މޯޑްގައިވެސް ނުކައި ހުންނަ ވަގުތުތަކުގައި ކޮފީ، ސައި އަދި ފެން ބުއިމަކުން މައްސަލައެއް ނެތެވެ.
އެކްސްޓްރީމް މޯޑަކީ 08:16 މޯޑަށް އިތުރު ބަދަލަކާއެކު ހިޔާރުކުރެވިދާނެ މޯޑެކެވެ. މިއީ އިތުރު ޑައިޓަކާއެކު ނުވަތަ ގިނައިން ކަސްރަތު ކުރުމާއެކު 08:16 މޯޑް ހިޔާރު ކުރުމެވެ.
އިންޓަމިޓެންޓް ފާސްޓިންގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހިކެން ބޭނުންކުރާ މި އުކުޅަށް ގިނަ ދިރާސާތަކެއްވެސް މިހާރު ދަނީ ހަދަމުންނެވެ.އަދި ދިރާސާތަކެއް ހަދާފައިވެސް އެބަ ހުއްޓެވެ.
ކަމާބެހޭ ބައެއް ޑަކުޓަރުން ބުނާގޮތުގައި މިގޮތަށް ކަންތައް ކުރުމަށް ބަރުދަން ލުއިވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ނުކައި ގިނަ ވަގުތުތަކެއްގައި ހުރުމުން އިންސުލިން ލެވެލް އާއި ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކޮށްދޭ ދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް