އަވާމެންދުރު ބަލަންތިބެގެން ހަޤީގީ މަންޒަރެއް ދުވަހަކުވެސް ނުފެންނާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ އެލް.ޖީ.އޭގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިން ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ އޭނާ މިއަދުކުރެއްވި ޓުވީޓެއްގައި އެވެ. ބެލެވޭ ގޮތުގައި އޭނާ އެ އިޝާރަތްކުރައްވަނީ މިއަދު ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެ އޮނިގަނޑެއް ފާސްކުރިކުރުމާގުޅޭ ގޮތުންނެވެ.
މިޓްވީޓާއި ގުޅިގެން ސުވާލު ދެންނެވުމުން ޝުޖާޢު ވިދާޅުވީ "ފުރާވަރުގެ ކުދިން ބައިވެރިޔާއަށް އުޑުން ތަރި ބާލަދޭގޮތަށް" އާއި އެއްގޮތަށް ސިޔާސީ ކަންކަން ކުރެއްވޭނެ ކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި ވިދާޅުވީ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނީ ވަކި ބައެއްގެ އެހީތެރިކަމާއެކީގައި ނޫންކަމަށާއި ދިވެހި ރައްޔިތުން ތިބީ ކަންކަން އިސްލާޚްކުރުމަށް ކެރިގެންކަމަށެވެ.
2012 އިން ފެށިގެން ޖެހިގެން އަންނަދުވަހު ކަންކަން ބަދަލުވާނެކަމަށާއި އެދުވަސްތައް ހަފްތާއިން މަސްތަކަށް ބަދަލުވެ އެމަސްތައް އަހަރުތަކަކަށް ބަދަލުވެގެން ދިޔަ އިރުވެސް އެބުނި ބަދަލެއް ރައްޔިތުންނާއި ހަމައަށް ގެނެވުނުތޯ ޝުޖާޢު ސުވާލު އުފެއްދެވިއެވެ. އެހެންކަމުން އެބަދަލު ގެންނަށް ބުނިފަރާތްތައް މިއަދު ފޭލުވެފައިވާކަން ސާބުތުވެއްޖެކަމަށާއި އެބަދަލުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާނީ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރުމަށްފަހުގައި، އޭނާކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް