ވެލިބަރުކޮށްގެން މާލެ ދަތުރުކުރަމުން ދަނިކޮށް މާލޭ އަތޮޅު ވާދޫ ކައިރިން ދިޔަވަމުން ދިޔަ ދޯނި މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ. އެމް.އެން.ޑީ.އެފުން ބުނީ ދޯނި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ކުރަމުންދާކަމުގައެވެ.
އެމް.އެން.ޑީ.އެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 09:34 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި، އެ ދޯނިން ދިޔަވަމުންދިޔަ ތަނުން ވަނީ ދިޔަގަނޑު ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި ދިޔަވަމުން ދިޔައީ "ވޭކަން" ނަމަކަށް ކިޔާ 13 މީޓަރުގެ ދޯންޏެކެވެ. އަދި ހާދިސާ ހިނގިއިރު، ދޯނީގައި 6 މީހުން ތިބިއިރު، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް