ބޮޑު ތަރުހީބަކާއެކު ސުޖޫދު ވޯކްޝޮޕް ފުވައްމުލަކުގައި ނިންމާލައިފި

ޕީސް ފައުންޑޭޝަނުން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ސުޖޫދު ވޯކްޝޮޕް ބޮޑު ތަރުހީބަކާއެކު ނިންމާލައިފި އެވެ. މި ވޯކްޝޮޕަކީ ނަމާދުކުރާނެގޮތް ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ޕީސް ފައުންޑޭޝަނުން ކު...

16 Jul 2018 | 09:08

ޕީސް ފައުންޑޭޝަނުން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ސުޖޫދު ވޯކްޝޮޕް ބޮޑު ތަރުހީބަކާއެކު ނިންމާލައިފި އެވެ.

މި ވޯކްޝޮޕަކީ ނަމާދުކުރާނެގޮތް ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ފުވައްމުލަކުގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި 122 ކުދިން ބައިވެރިވެފައި ވެ އެވެ.

މި ވޯކްޝޮޕްގައި އެކުދިންނަށް ނަމާދުކުރާނެގޮތް ކިޔާދެއްވީ އޮސްޓްރޭލިޔާގެ އިލްމުވެރިއެއްކަމުގައިވާ އައްޝައިހް ނަސީމް އެވެ. ފުވައްމުލަކުގައި މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުގައި އެވެ.

“ސުޖޫދް” ވޯރކްޝޮޕަކީ ނަމާދާ ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ކުދިންނަށް ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުން ކަމުގައި ޕީސް ފައުންޑޭޝަނުން ފާހަގަކުރެ އެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް 150 ކުދިން ރަޖިސްޓްރީ ކުރި ނަމަވެސް ޖާގައިގެ ދަތިކަން ކުރިމަތިވުމުން ފުރުސަތު ދީފައިވަނީ 122 ކުދިންނަށެވެ.

މި ވޯކްޝޮޕްގެ ހަވާސާގައި "ކޮލިޓީސް އޮފް ޔަންގް ވިމެން ލީޑާސް" ގެ ނަމުގައި ޒުވާން އަންހެންކުދިންނަށް ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައި ވެ އެވެ. އެ ޕްރޮގްރާމްގައި ކުދިންނަށް ކިޔަވައިދިނީ ޝެއިޚް ނަސީމްގެ އަނބިކަނބަލުން ރައުއާ އެވެ.

ފުވައްމުލަކުގައި ސުޖޫދު ވޯކްޝޮޕް ކުރިއަށްގެންދިއުމުގައި ބެލެނިވެރިންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޕީސް ފައުންޑޭޝަނުން ފުވައްމުލަކު ބެލެނިވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް