މޫސުން ގޯސްވެ ކ އަތޮޅާއި ގދ އަތޮޅާ ދެމެދަށް އެލާޓް ނެެރެފި

މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ ކ އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވަނީ މިސަރަހައްދަށް މިއަދު ހެނދުނު 11:00 އިން ހަވީރު ...

16 Jul 2018 | 06:36

މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ ކ އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވަނީ މިސަރަހައްދަށް މިއަދު ހެނދުނު 11:00 އިން ހަވީރު 17:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އެސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް އެއިދާާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސް އިރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ސަލާމަތީ ހިދުމަތްތަކުން އިލުތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް